ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް ރިޕޯޓްކުރުމުން ނޫސްވެރިންނަކީ ވަގުންކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ސިފަކުރައްވައިފިއެވެ.

Advertisement
ރައްޔިތުން މަޖިލީހުން އިއްޔެ ވަނީ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފައެވެ. އެއާއި އެކު ނޫސްތަކުން ވަނީ މެމްބަރުންގެ ،މާލޯ ބަޔާންތަކުގައި ހުރި ވާހަކަތައް ރިޕޯޓްކޮށްފައެވެ. އެ މާލީ ބަޔާންތަކަށް ބަލާލުމުން އެންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ މެމްބަރުންގެ ތެރޭގައި މެމްބަރު ފަލާހް ހިމެނިވަޑައިގަންނަވައެވެ.
ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނޫސްވެރިންނަކީ ފައިސާ ކޮޅެއް ދޭ އިރަށް ފައިސާ ދޭމީހާ ބުނާހާ ގޮތަކަށް ދޮގު ހަބަރު ލީޔާ ބައެއްކަމަށް ސިފަކުރައްވާފައެވެ. އަދި އެއީ ހަލާލު ނޫސް ފައިސާކަމަށް ވިދާޅުވެ އެ ނޫސްވެރިންގެވެސް މާލީ ބަޔާން ހާމަކުރަން މީޑީއާ ބިލުގައި ހިމަނަން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.
" ފައިސާ ކޮޅެއް ދޭ އިރަށް ފައިސާ ދޭމީހާ ބުނާހާ ގޮތަކަށް ދޮގު ހަބަރު ނުލިޔެ ވިދާނެތީތޯ މީޑިއާ ބިލް ކަމުނުދަނީ! މިގޮތަށް ހޯދާފައިސާ މީ ހަލާލު ފައިސާތޯ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ؟ ". ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
އިއްޔެ އާއްމުކުރި ފަލާހްގެ މަލީ ބަޔާނުގައިވާ ގޮތުން ފާއިތުވި އަހަރު ތެރޭ އާމްދަނީގެ ގޮތުގައި އޭނާއަށް 5.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި މިވަގުތު އޭނާގެ ނަމުގައި ހަތަރު ބިމެއް އޮތްކަމަށްވެސް މާލީ ބަޔާނުގައިވެއެވެ. މި ހަބަރު ރިޕޯޓްކުރުމުން ފަލާހް ވަނީ އިންނަމާދޫ އިން ގަނެފައި ރެޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި 3 ގޯތި އެބައުޅޭކަމަށާއި އަދި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރެޖިސްޓުރީ ބަދަލުކުރުމުގެ މަރުހަލާގައިކަމަށް އެކްސްގައި ލިޔުއްވާފައެވެ.