20 ވަނަ ރައްޔިތުން މަޖިލީހުން ގަވައިދަށް ގެނައި ބަދަލާއި އެކު މިހާރު ތިއްބެވި މެމްބަރުންގެ މާލީ ބަޔާންތައް ހުށައަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ އޮގަސްޓް 31 އެވެ. އެހެންނަމަވެސް މި މުއްދަތު ހަމަވިއިރުވެސް މަޖލީހުގެ ފަސް މެމްބަރު ވަނީ އަދިވެސް މާލީ ބަޔާން ހުށަނާޅައެވެ.
މާލީ ބަޔާން ހުށަނާޅާ މެމްބަރުން
މާލީ ބަޔާން ހުށަނާޅާ މެމްބަރުންގެ ބަޔާންތައް ހުށައެޅުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން 15 ދުވަހުގެ ނޯޓިހެއް މެމްބަރުންނަށް އަމީން އާއްމު އިއްޔެ ފޮނުވާފައިވާކަމަށް މަޖިލީހުން ބުނެއެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން މާލީ ބަޔާން ހުށަނާޅައިގެން ދިން މުއްދަތު ހަމަވާއިރު ބަޔާން ހުށަނާޅައިފިނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް ލާޒިމްކުރެއެވެ.