އެ ކައުންސިލުން ބުނީ ދ. މިނިމަސްގަލި ކުއްޔަށް ދިނީ ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށްކަމަށެވެ. އަދި އެރަށް ކުއްޔަށް ދީނީ 21 އަހަރު ދުވަހުގެ މުއްދަތަށްކަމަށްވެސް ދ. އަތޮޅު ކައުންސިލުން ބުނެއެވެ.
އެރަށް ކުއްޔަށް ދޫކޮށްފައިވަނީ އަހަރަކު ދެ ލައްކަ ރުފިޔާގެ ކުއްޔަކަށްކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެރަށް ކުއްޔަށް ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ. ރަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބެންޖެހޭ 3.9 މިލިއަން ރުފިޔާ ކައުންސިލަށް އެ ކުންފުނިން މިހާރު ޖަމާކޮށްފައިވާކަމަށްވެސް ދ. އަތޮޅު ކައުންސިލުން ބުނެއެވެ.
ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑުގެ އްދަ ނެތި އެއްވެސް ފަރާތަކުން އެރަށަށް އަރާ ފޭބުމަކީ މަނާކަމެއް ކަމުގައިވެސް ދ. އަތޮޅު ކައުންސިލުން ބުނެއެވެ.