ads
ފާތިމަތު އަންޖުމް ސޯލިހް - އޭލެވެލް ބެސްޓް އޯލް ރައުންޑް
ދާންދޫ ސްކޫލްގެ ބެސްޓް އޯލްރައުންޑް އަށް ކޮންމެ އަހަރަކު އުމްރާއެއް
ގއ.ދާންދޫ ސްކޫލްގެ ކޮންމެ އަހަރަކުވެސް ބެސްޓް އޯލްރައުންޑްއަށް ކައުސިލްގެ ފަރާތުން އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް ދާންދޫ ކައުސިލްގެ ރައީސް އާސިފް ވިދާޅުވެއްޖެ އެވެ.
Advertisement

"ސީއެންއެމްް" އާއި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވެފައިިވަނީ މިކަމަކީ ދަތުރު ވެރިޔާ ހައްޖު އުމްރާ ގްރޫޕްގެ ފަރާތުން ސްޕޮންސާރް ކޮށްގެން ކުރިޔަށް ގެންދާ ކަމެއް ކަމަށާއި މިކަމުގެ ބޭނުމަކީ ކުދިން ވީހާވެސް ކިޔެވުމާއި ގާތް ކުރުން ކަމަށެވެ. 

އާސިފް އިތުރަށް ވިދާޅުވީ މީ މިފަދަ އިނާމެއް ދެވުން ފުރަތަމަ ފަހަރު ކަމަށާއި މިކަން ސްޕޮންސާރް ކޮށްދެއްވި ދަތުރުވެރިޔާ އަށް ހިތުގެ ފުންމިނުން ސުކުރުއަދާ ކުރައްވާ ކަމަށެވެ.

your imageމުހައްމަދު ފާއިގް އިލްޔާސް - އޯލެވެލް ބެސްޓް އޯލް ރައުންޑް

މި އަހަރު މި އިނާމް ލިބިފައިވަނީ އެ ރަށު ސްކޫލްގެ 2023-2024 ގެ ދިރާސީ އަހަރުގެ ނަތީޖާއިން ނެޝަނަލް ޓޮޕް 10 ހިމެނިފައިވާ އޭލެވެލް ބެސްޓް އޯލް ރައުންޑް ފާތިމަތު އަންޖުމް ސޯލިހް އަދި އޯލެވެލް ބެސްޓް އޯލް ރައުންޑް މުހައްމަދު ފާއިގް އިލްޔާސް އެވެ. 

އެ ދެ ދަރިވަރުންނަށް އުމްރާ ދަތުރު ހަމަޖައްސާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހަށް ކަމަށް އާސިފް ފާހަގަ ކުރެެއްވި އެވެ.

އާސިފް ވަނީ މި ކުދިންނަށް މަރުހަބާ ކިޔާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް