ads
އައްބާސް
މާލީ ބަޔާނަށް ފާޑުކިޔުންތައް އަމާޒުވުމުން، އައްބާސް ސަބަބު ހާމަކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި މާލީ ބަޔާނުގައި އޭނާ ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ މައުލޫމާތު ނުހިމެނުމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވުމުން، އައްބާސް ރޭ އެކަމުގެ ސަބަބު ހާމަކުރައްވައިފި އެވެ.
Advertisement

އައްބާސް ވިދާޅުވީ، އޭނާގެ މާލީ ބަޔާނުގައި ވިޔަފާރި ކުންފުންޏެއްގެ ވާހަކަ ނެތީ މެޖޯރިޓީ ހިއްސާ އޮތް އެއްވެސް ކުންފުންޏެއް ނެތުމުން ކަމަށެވެ.

އައްބާސްގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އޭނާއަށް ލިބިވަޑައިގަތީ މަޖިލީހުގެ މެންބަރުކަމުގެ މުސާރަ ކަމަށްވާ 927،532 ރުފިޔާ އެކަންޏެވެ. ބިމު ކުއްޔާއި ވިޔަފާރި ނަފާ އަދި ހިއްސާތަކުން އެއްވެސް ފައިސާއެއް ލިބިވަޑައިގެންނެވި ކަމަށް ނުވަތަ މުދަލާއި ވިޔަފާރި ހިއްސާގެ ގޮތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.

ނަމަވެސް، އައްބާސް ވިދާޅުވީ އޭނާ ތިން ކުންފުންޏެއްގައި ހިއްސާވާ ކަމަށާއި، އެ ކުންފުނިތަކުގެ މައުލޫމާތު މާލީ ރިޕޯޓުގައި ހިމަނާފައި ނުވަނީ އެހެން ހިއްސާދާރުންގެ މަސްލަހަތު އޮތުމުން ކަމަށެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން، އަދި ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ ދެން ތިބި ހިއްސާދާރުން އިއުތިރާޒް ނުކުރާ ނަމަ، އެ މައުލޫމާތު ވެސް މާލީ ބަޔާނުގައި ހިމެނުމަށް ޖެހިލުމެއް ނުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް