ގެއްލިގެން ހޯދަމުން ދިޔައީ، ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ އެވެ. އޭނާ ގެއްލިގެން ހޯދަމުން އަންނަކަން ފުލުހުން އިއުލާންކުރީ މިއަދު ހާމަކުރީ މިއަދު ހަވީރު 4:30 ހާއިރެވެ.
ފުލުހުން ބުނީ ޝަހުމުﷲ ސާޖިދު ހޯދަން ފެށީ އޭނާގެ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އިއްޔެ ރޭ ފުލުހުންނަށް އާއިލާއިން ރިޕޯޓުކޮށްފައިވާތީކަމަށެވެ.
މިރޭ، ހަތެއް ޖަހަނިކޮށް ފުލުހުން ވަނީ ޝަހުމް ފެނުނުކަން އިއުލާންކޮށްފައެވެ. ޝަހުމުﷲ އާ ހަވާލާދީ ފުލުހުން ބުނީ އޭނާ މިވަގުތު ހުރީ ރާއްޖެތެރޭ ރަށެއްގައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.