ads
ފޭދޫ އުތުރު ދާއިރާގެ މެންބަރު، އިސްމާއިލް ނިޒާރު
އައްޑޫގެ ރައްޔިތުން ކަނު އަދިރީގައި ތިބުން ބަލައެއް ނުގަނެވޭނެ: ނިޒާރު
އައްޑޫގެ ރައްޔިތުން ކަނު އަދިރީގައި ތިބުން ބަލައެއް ނުގަނެވޭނެކަމަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.
Advertisement

ނިޒާރު މިހެން ވިދާޅުވެފައިވަނީ ރޭ ދަންވަރު 2:00 ހާއިރު ކުއްލިއަކަށް މުޅި އައްޑޫއިން ކަރަންޓު ކަންޑާލުމުން އެކަމާއި ނުރުހުން ފާޅުކޮށް އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކާގެ އިސްވެރިންނާއި އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވާ ކަމަށެވެ. 

ސަރުކާރު ހިންގާ ޕީއެންސީ ތަމްސީލު ކުރައްވާ ނިޒާރު ފާހަގަ ކުރެއްވި ގޮތުގައި މިކަމާއި ގުޅިގެން ފެނަކާއިން ވަނީ އެކި އެކި ތާރިހުތައް ދީފައި ކަމަށާއި ނަމަވެސް މިކަމަށް އެއްްވެސް އަމަލީ ސިފައެއްގައި ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. 

"މިގޮތަށް ރައްޔިތުން ކަރަންޓު ނެތިގެން ކަނު އަދިރީގައި ތިބެން ޖެހުން އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިކަމަށް ވީހާވެސް އަވަހަށް ހައްލެއް ހޯދާ ދެއްވާ" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވަނީ މިކަމާއި ގުޅިގެން އެއްވެސް ބަޔެއް އިހުމާލެއް ވޭތޯ ބަލާ އިހުމާލެއް ވާނަމަ އެ ބަޔަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރަށް އަދި ކައުސިލަށް ވެސް ގޮވާލާފައި އެވެ. 

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ.

މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިނަސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ. އަދި، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭ އައްޑޫގެ ކަރަންޓުން ކެނޑުން ކޮންމެވެސް ވަރަކަށް މަދުވި އެވެ.

އައްޑޫ ކަރަންޓު މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްތަކެއް ކޮށް ގަރާރުތަކެއް ހުށަހަޅާފައިވެ އެވެ.

ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް