ads
އައްޑޫސިޓީގެ ފޮޓޯއެއް
ކަރަންޓު ކެނޑުނީ މީހަކު ކޭބަލްތަކަށް ގެއްލުން ދޭން އުޅުމުން: ފެނަކަ
އައްޑޫއިން ރޭގައި ކަރަންޓު ކެނޑުނީ މީހަކު ކޭބަލްތަކަށް ގެއްލުން ދޭން އުޅުމުން ކަމަށް ފެނަކާ ކޯޕްރޭޝަން އިން ބުނެފި އެވެ.
Advertisement

ފެންކާ ކޯޕަރޭޝަންއިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ ރޭ މެންދަމު 2:40 ހާއިރު އެ ކުންފުނީގެ އެލާމް ސިސްޓަމަށް ނޮޓީފިކޭޝަންތައް ލިބުން ކަމަށާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނުކަން ސަމާލުކަމަށް އައުމުން ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނީގެ މުވައްޒިފުން ވަގުތުން ހަރަކާތްތެރިވި ކަމަށެވެ.

އެ ނޫސްބަޔާނުގައި އިތުރަށްވާ ގޮތުން ފަތިހު 5:55 ހާއިރު އައްޑޫގެ ހުރިހާ ރަށަކަށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށާއި ކަރަންޓު ކެނޑެން މެދުވެރިވީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި ސެންޓްރަލް ޕަވަރ ހައުސް އެކޮށް ޑައުންވުމުގެ ސަބަބުންކަމަށް ދެނެގަނެވިފައިވާކަމަށްވެ އެވެ.

މި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން، ކަމާ ބެހޭ މުއައްސަސާތަކާއި ގުޅިގެން އެ ކުންފުނިން ކުރަމުންގެންދަނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.  

"ކުންފުނީގެ މުދަލަށް ގެއްލުން ދިނުން، އާންމު ރައްޔިތުންނައް ތަކުލީފު ލިބުމުގެ އިތުރުން، އެފަދަ އަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ އަމަލުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑާއި ފުރާނަ އަށް ނުރައްކާވާފަދަ ކަންކަން ކުރުމަކީ މިކުންފުނިން ކުށްވެރި ކުރާ ކަމެއް. މިފަދަ އަމަލުތައް ނުކުރުމަށް މި ކުންފުނިން އިލްތިމާސް ކުރަން" ފެނަކަ ބަޔާނުގައި ވެއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އެކި ދަތި ތަކަށް އެ ކުންފުނިން މާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް