ads
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު: އުމުރުން 78 އަހަރުގައި މަނިކު އަވަހަރާވެފައި ވަނީ މިދިޔަ މަހު 30ގައި
އުމަރު މަނިކުގެ ހަނދާނުގައި މަޓީން ތައުޒިޔާގެ ދަފްތަރެއް
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހަނދާނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވާލުމަށް ނިންމައިފި އެވެ.
Advertisement

މަޓީން ކުރި ޕޯސްޓެއްގައި ބުނީ އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. 

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް އެ ދަފްތަރުގައި ސޮއިކުރެވޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އުމުރުން 78 އަހަރުގައި މުހައްމަދު އުމަރު މަނިކު އަވަހާރަވެފައި ވަނީ ހާލު ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްް ފަހުން، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ.

ކުރުނބާ މޯލްޑިވްސް ނުވަތަ ކ. ވިހަމަނާފުށީގައި ހުޅުވި 30 ކޮޓަރީގެ ރިސޯޓަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ރިސޯޓެވެ. އެއީ އެމްޔޫ މަނިކުގެ ހިޔާލާއި ލަފާގެ މަތިން ތަރައްގީ ކުރި ރިސޯޓެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފަސް ތަރީގެ ފުރަތަމަ ރިސޯޓެވެ.

ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓާ އެމްއޭސީއެލްގެ ޗެއާމަންކަން ވެސް 10 އަހަރު ދުވަހު އެމްޔޫ މަނިކު ފުރުއްވި އެވެ. އެމްއޭސީއެލްގެ ޗެއާމަން އަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ 28 ޖެނުއަރީ 2024 ގަ އެވެ.

ޓޫރިޒަމްގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ. ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް އެމްޔޫއަށް އެވޯޑު ލިބިވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް