ads
ތިނަދޫ ސިޓީގައި އިމާރާތްކުރަމުން އަންނަ ރޯހައުސް ތައް
ތިނަދޫ ރޯހައުސްތަކަށް އެދެން މާދަމާ ހުޅުވައިލަން ނިންމައިފި
ތިނަދޫ ސިޓީގައި އިމާރާތްކުރަމުން އަންނަ ރޯހައުސްއަށް ކުރިމަތިލާން މާދަމާ ހުޅުވައިލަން ނިންމައިފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލާނީ 7 ސެޕްޓެމްބަރު ގެ ހެނދުނު 09:00 އިން ފެށިގެން 7 ނޮވެމްބަރު ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.

ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލެވޭ އުސޫލު މިދިޔަ ބުދަ ދުވަހު މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ.

އެ ރޯހައުސްއަކީ ތިން ކޮޓަރިއާއި، ތިން ފާހާނާއާއި، އެއް ބަދިގެއާއި، އެއް ސިޓިންރޫމް ހިމެނޭގޮތަށް 1451.12 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްގައި ދެ ބުރިއަށް އިމާރާތްކުރެވޭ އަދި ފުލޯ އޭރިއާގައި 715.83 އަކަ ފޫޓު ހުންނަ ގޮތަށް އިމާރާތްކުރާ ރޯހައުސްތަކެވެ.

ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރައްޔިތުންގެ އިތުރުން އެ ސިޓީގައި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އުސޫލުގައި ބުނެފައިވަނީ، ތިނަދޫ ނޫން ރަށްވެހިން، ތިނަދޫގައި ދިރިއުޅެމުން އަންނަކަން ނުވަތަ ތިނަދު އަށް ހިޖުރަކޮށް، މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 10 އަހަރު ވާން ޖެހޭނެ ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ހާއްސައެހީ އަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކާއި، ނުވަތަ ޝަރުޢީ ގޮތުން ނުވަތަ ޤާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތްތައް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ ތަރުތީބުގައި ހާއްސަ ގޮތްތަކެއް ކަނޑައަޅާފައިވެ އެވެ.

ތިނަދު އަކީ ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓްތަކެއް ވެސް އަޅާފައިވާ ސިޓީއެކެވެ. އެ ތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް