ads
ކަނބުލޮ ބަލައިގެން ނުކުމެ މާރާމާރީގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ކަނބުލޮ ފިލްމު ބަލައި ނުކުމެ އައްޑޫގައި އަންހެންވެރިން މާރާމާރީ ހިންގައިފި
އައްޑޫ ސިޓީގައި ދިވެހި ފިލްމު "ކަނބުލޮ" ބަލައިގެން ނުކުތް ތިން އަންހެނަކު އައްޑޫ ވިލާކޮލެޖު ކައިރީގައި ރޭ މާރާމާރީ ހިންގައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މި މާރާމާރީ ހިނގިއިރު އެތަނުން ފިލްމު ބަލައި ނުކުތް އެހެން މީހުން ވަނީ އެ އަންހެނުން ދުރުކުރުމަށް މަސައްކަތްކޮށްފަ އެވެ. ހާދިސާ ހިނގިއިރު ވަރަށް ބާރަށް ހަޅޭލަވާ އަޑުވެސް އިވިފައިވެ އެވެ.

މި މާރާމާރީގައި ބައިވެރިވި އެކަކު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް، މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި މި ހާދިސާއާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކުން ބައެއް ފަރާތްތަކުން ބުނަމުންދަނީ، މި މާރާމާރީ ހިންގާފައިވަނީ ފިރިހެނެއްގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.


"ކަނބުލޮ" އަކީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން ހުށަހަޅައިދޭ ދިވެހި ފިލްމެކެވެ. މި ފިލްމު އެޅުވި އިރުއްސުރެ ގިނަ ޝޯތައް ވަނީ ހައުސްފުލް ވެފަ އެވެ. މި ކާމިޔާބީއާއެކު އިތުރު ޝޯތައް ހަފްތާ ބަންދު ދުވަސްތަކާއި ދަންވަރުގެ ވަގުތުތަކަށްވެސް ވަނީ ހުޅުވާލާފަ އެވެ. "ކަނބުލޮ" އަށް ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާއިރު، ރާއްޖޭގެ ސަތޭކައަށްވުރެ ގިނަ ރަށާއި ބައެއް ރިޒޯޓްތަކުގެ އިތުރުން އަވަށްޓެރި ސްރީލަންކާގައިވެސް ފިލްމު އަޅުވަން ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުގެ މުހިންމު އެއް ކަމަކީ މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައިވާ މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތައް ފިލްމުން ފެނިފައިވާކަމެވެ. އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ފިލްމުގައި ހިމަނާފައިވެ އެވެ. "ކަނބުލޮ" ގެ ޕްރޮޑިއުސަރުންނަކީ ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރުން ކަމަށްވާ އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ހުސެން މުނައްވަރު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް