މި އިންޒާރު އައިސްފައިވަނީ އީމެއިލްއަކުން ކަމަށް ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. މިކަމާ ގުޅިގެން ސްކޫލުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ސްކޫލުގެ މެއިލްއަށް ބޮމެއް އޮތް ކަމަށް ބުނެ ނޭނގޭ ފަރާތަކުން އީމެއިލްއެއް ފޮނުވި ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ސްކޫލުގެ ޓީޗަރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ފުލުހުން މި އިންޒާރާ ބެހޭ ގޮތުން އިތުރަށް ބަލަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ އެ ސްކޫލުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.