ads
އެމްސީޖީއެޗް އޮޕްޓިކަލްސް: ފޮޓޯ ސަން
އައިޖީއެމްއެޗް އިން 800 އަށްވުރެ ގިނަ އައިނު ދޫކޮށްފި
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ޤާއިމުކުރި އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 800 އަށްވުރެ ގިނަ ފަރާތަށް އައިނު ދޫކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ބުންފިވެ.
Advertisement

މި ހިދުމަތަކީ ރައްޔިތުންނަށް އާސަންދައިގެ ދަށުން ހިލޭ އައިނު ހެދުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ފެށި މަޝްރޫއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެއްގެ ދަށުން މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

އައިޖީއެމްއެޗްއިން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ބުނެފައިވަނީ އައިނު ފިހާރަ ހުޅުވި ފަހުން މިހާތަނަށް 2994 މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މިހާތަނަށް 1899 އައިނު ތައްޔާރުކޮށްފައިވާއިރު، 810 ފަރާތަކަށް އައިނު ދޫކޮށްފައިވާ ކަމަށްވެސް އައިޖީއެމްއެޗްއިން ބުންޏެވެ. މީގެ އިތުރުން 1105 އައިނު ތައްޔާރު ކުރަމުންދާ ކަމަށާއި، އައިނު ނަންބަރު ނެގުމަށް 1691 މީހުން ނަން ނޯޓުކޮށްފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އައިނަކީ އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށްވާއިރު، ރާއްޖޭގައި އައިނު ހެދުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ ރައްޔިތުންނަށް ދިމާވާ ބޮޑު ތަކުލީފެކެވެ.

މި ތަކުލީފަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މިހާރު އައިނު ފިހާރައެއް ވަނީ ހުޅުވާފައެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި ހިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާ ހަމައަށް ގެންދިޔުމަށެވެ. މީގެ އިތުރުން، އާސަންދައިގެ ދަށުން އައިނު ހެދުމަށް ދެމުންދިޔަ އެހީތެރިކަން ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާއިން 2000 ރުފިޔާއަށް ބޮޑުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިދިޔަ 2024 ވަނަ އަހަރު އައިނު ހެދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް