މި މާރާމާރީއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ހިތަދޫގައި ހުންނަ ވިލާ ކޮލެޖުގައި ދިވެހި ފިލްމެއް ބަލާފައި ނިކުތް ދިވެހި ދެ އަންހެނުންގެ މެދުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޒުވާން ދެ އަންހެނުން އެކަކު އަނެކަކުގެ ގަޔަށް އަނިޔާކޮށް، ތަޅާފޮޅާ މަންޒަރެވެ. އަދި އެ ދެމީހުން ދުރުކުރުމަށް އިތުރު ބަޔަކު އެ ސަރަހައްދަށް އެއްވެ އެހީތެރިވެފައިވެއެވެ.