
މި ގަވާއިދުތަކުގެ ދަށުން، ކަނޑުމަގުން ރާއްޖެއަށް ގެންނަ އަދި ރާއްޖެއިން ބޭރަށް ގެންދާ މުދަލުގެ 'ހައުސް ބިލް އޮފް ލޭންޑިން' ގެ މައުލޫމާތު ކަސްޓަމްސްއަށް ހުށަހެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ކަސްޓަމްސް އިން ބުނީ، ފްރައިޓް ފޯވާޑަރުން މެދުވެރިވެގެން ކަނޑުމަގުން މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ ހާލަތްތަކުގައި، އެ ފަރާތްތައް ކަސްޓަމްސްގައި ކާގޯ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީ ވާން ޖެހޭނެ ކަމަށެވެ. އަދި ހައުސް ބިލް އޮފް ލޭންޑިންތަކުގެ މައުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވާޑަރުން ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، މި މައުލޫމާތު ހުށަހެޅޭނެ ކަމަށް ވަނީ ޓްރޭޑިއަން ޕޯޓަލް (މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ) މެދުވެރިކޮށް ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރިއެވެ.
މާސްޓާ ބިލް އޮފް ލޭންޑިންގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވާޑަރުން މި މައުލޫމާތު ހުށަހެޅުމަށް ކަސްޓަމްސް އިން ވަނީ އިރުޝާދު ދީފައެވެ. ކަސްޓަމްސްގެ އާންމު ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިން، އެއާވޭބިލް ދޫކުރުމާއި ޑެލިވަރީ އޯޑާ ދޫކުރުމުގެ ހިދުމަތް ހިމެނޭގޮތުން ފްރައިޓް ފޯވާޑިންގެ ހިދުމަތްދޭ ފަރާތްތަކާއި އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވާޑިންގެ ދައުރު އަދާކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ