އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް ހޯދާ މި މީހާގެ މައިގަނޑު މަސައްކަތަކަށްވާނީ ކޮމިޝަނުގެ އިމޭޖް ރީ-ބްރޭންޑިންގ އަދި ޕީ.އާރު ޔުނިޓުގެ މަސައްކަތްތައްކުރުން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ އިއުލާންގައިވެއެވެ.
މުސާރައަށް 10،000 އަދި 20،000 ރުފިޔާގެ އެލަވަންސެއްދޭ މި މަގާމުގެ ޝަރުތަކީ މަލްޓިމީޑިއާ ނުވަތަ އާޓްސް އެންޑް ޑިޒައިން ނުވަތަ ގްރެފިކް ޑިޒައިން ނުވަތަ މިދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަލްޓިމީޑިއާ ނުވަތަ އާޓްސް އެންޑް ޑިޒައިން ނުވަތަ ގްރެފިކް ޑިޒައިން ނުވަތަ މިދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވަލް ފުރިހަމަ ކޮށްފައިވުމާއެކު މަލްޓިމީޑިއާ ނުވަތަ އާޓްސް އެންޑް ޑިޒައިން ނުވަތަ ގްރެފިކް ޑިޒައިން ނުވަތަ މިދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، ޖީ.ސީ.އީ އޯ ލެވަލް ފުރިހަމަ ކޮށްފައިވުމާއެކު މަލްޓިމީޑިއާ ނުވަތަ އާޓްސް އެންޑް ޑިޒައިން ނުވަތަ ގްރެފިކް ޑިޒައިން ނުވަތަ މިދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ހޯދާ މަލްޓިމީޑިއާ ކޮންސަލްޓަންޓްގެ މައިގަނޑު މަސްއޫލިއްޔަތުތައް: