
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ މި ޓީމް މިއަހަރު ތެރޭ ކުރާ 6 ވަނަ ދަތުރު ކަމަށާއި މިހަފްތާތެރޭގައި މިޓީމުން ވަނީ މ.މުލި އަށް ދަތުރުކޮށް ރިސާޗް ތަކެއް ކޮށްފައި ކަމަށެވެ.
މި ރިސާޗްތަކުގައި ފަރު މަސްވެރިކަން ކުރިޔަށް ދާ ގޮތް މޮނީޓަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ފިސަރީސް މިނިސްޓްރީގެ ޓީމުން ކުރިޔަށް ގެންދިޔަ ދިރާސާތަކުގެ ތެރެއިން
އެ މިނިސްޓްރީން ބުނީ އެކަންކަން ބަލާ ދިރާސާ ކުރުމުން ފަރުމަސްވެރިކަމާއި އެކަމުގެ ސަބަބުން ފަރުމަހުގެ އަބާދީއަށް ކުރާ އަސަރާއި ފަރުމަހުގެ އާބާދީ މެނޭޖް ކުރެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށް މަގުފަހި ވެގެން ދާނެ ކަމަށެވެ.
ފިސަރީސް މިނިސްޓްރީގެ ޓީމުން ކުރިޔަށް ގެންދިޔަ ދިރާސާތަކުގެ ތެރެއިން
އެ މިނިސްޓްރީން ވަނީ މިކަމަށް އެއްބާރުލުން ދެއްވިކަމަށްޓާކައި މަސްވެރިންނަށާއި އަދި މަސްގަންނަ އަދި ޕްރޮސެސް ކުރާ ފަރާތްތަކުގެ އިތުރުން އާންމުން އަދި ކައުންސިލަށް ވެސް ވަރަށް ބޮޑަ ސުކުރު ދަންވަނާފައި އެވެ.