ads
ލޯންޗްތައް ކައިރިކުރުމަށް ފަޅުތެރެއިން އިތުރު ދެ ސަރަހައްދުން ހޯދަން މޭޔަރު އާޒިމް މަސްވަރާކުރައްވަނީ
ލޯންޗްތައް ކައިރިކުރުމަށް ފަޅުތެރެއިން އިތުރު ދެ ސަރަހައްދު ހޯދަން މަސްވަރާކުރަނީ
މާލެ އަންން ލޯންޗްތައް ކައިރިކުރުމަށް މާލޭ އުތުރު ފަރާތު ފަޅުތެރެއިން އިތުރު ދެ ސަރަހައްދު ހޯދަން މަސްވަރާކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުސިލުން ބުނެފި އެވެ.
Advertisement

އެކްސްގައި ކުރި ޕޯސްޓެއްގައި ސިޓީ ކައުންސިލުން ބުނީ ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކާއި ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް މާލެއަށް އަރާ ފޭބުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ލޯންޗްތައް ކައިރިކުރުމަށް ފަޅުތެރެއިން އިތުރު ދެ ސަރަހައްދުން ޖާގަ ހަމަޖެއްސުމަށް އެ ސަރަހައްދު ބޭނުންކުރާ ބައެއް ފަރާތްތަކާއި މޭޔަރު އާދަމް އާޒިމް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ކުރިން ގިނަ ރަށްރަށުން މާލެ ދަތުރުކުރާ ފަރާތްތަކުން ބޭނުން ކުރަމުން އައީ ބޮޑުތަކުރުފާނު މަގުގައި ހުރި ރަސްމީ ފާލަން ކައިރީ ފަޅެވެ.

your imageލޯންޗްތައް ކައިރިކުރުމަށް ފަޅުތެރެއިން އިތުރު ދެ ސަރަހައްދުން ހޯދަން މޭޔަރު އާޒިމް މަސްވަރާކުރެއްވުމުގެ ތެރެއިން

ނަމަވެސް އެމްޓީސީސީ އާއި ހަވާލުކޮށްގެން ބޮޑު ތަކުރުފާނު މަގު ފުޅާ ކުރުމަށް ކުރިޔަށް ގެންދާ މަސްރޫއުގެ ދަށުން އެ ފަޅު ވަނީ ވަގުތީ ގޮތުން ބަންދު ކުރެވިފަ އެވެ. 

މިކަމުން ސަބަބުން ދަތުރުވެރިންނައް ދިމާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީން ވަނީ އަތޮޅު ފެރީތަކަށް ވަގުތީ ގޮތުން ހެންވޭރު ފެރީ ޓާމިނަލް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދީފަ އެވެ.

 your imageލޯންޗްތައް ކައިރިކުރުމަށް ފަޅުތެރެއިން އިތުރު ދެ ސަރަހައްދު ހޯދަން މަސްވަރާކުރުމުގެ ތެރެއިން މޭޔަރު އާޒިމް

ހެންވޭރު ފެރީ ޓާމިނަލްގެ ފަޅު އަތޮޅު ފެރީތަކަށް މީހުން އަރުވާ ބޭލުމަށް ބޭނުން ކުރެވޭނެ ކަމަށާއި ފުރަން 10 މިނެޓަށް ވުމުން ފަޅަށް ވަދެ މީހުން އެރުވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައި ވާނެ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައި އެވެ.

މި އަހަރުގެ އެޕްރީލް މަހު އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަކީ 144.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް 455 ދުވަސް ދީފައި ވެއެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގު ތަރައްގީކޮށް 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖަހާނެ އެވެ. މީގެ އިތުރުން މަގުގައި ތާރު އެޅުމާއި، ހިނގާ މީހުންނަށް ހާއްސަ ލޭނެއް ގާއިމުކުރުމާއި ޑްރެއިނޭޖްގެ ނިޒާމެއް ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް