ads
ރައީސް މައުމޫން
މިރޭގެ ހަނދު ކޭތައާ ގުޅޭގޮތުން މައުމޫން ގެ ބަސް
މިރޭގެ ހަނދުކޭތައާއި ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިރާސާ ހާމަކުރައްވައިފިއެވެ.
Advertisement
މައުމޫން ވިދާޅުވީ މިރޭ ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ ކަމަށެވެ. ރާއްޖޭ ގަޑިން މިރޭ 11:30 އިން ފެށިގެން 82 މިނެޓު އިރު ފުރިހަމަ ކޭތައެއްގެ ގޮތުގައި ހަނދު ފެންނަން ހުންނާނެ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެއެވެ.

މިއީ މުޅި އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ފުރިހަމަ ހަނދު ކޭތައަކާ އެކު 'ބްލަޑް މޫން' އެއް ފެންނާނެ ރެޔެއްކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިރޭ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 8:28 ގައެވެ. އަދި ކޭތަ ފުރިހަމަވެ ހަނދު އެއްކޮށް ގެއްލޭނީ މިރޭ 10:30 ގައެވެ. މި ފުރިހަމަ ކޭތަ ނިމޭނީ އެއް ގަޑިއިރާއި 22 މިނެޓް ފަހުން 11:52 ގައެވެ. މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އުތުރާއި މެދު ތެރޭގެ ހިސާބުތަކަށް އުޑުމަތި ސާފުވެ، ވިލާ މަދުވާނެ ކަމަށެވެ. ހަނދު ކޭތަ ހިފާއިރު ހަނދު ރަތް ކުލައިން ފެންނަނީ ހަނދަށް ލިބޭ އިރުގެ އަލި، ދުނިޔޭގެ ޖައްވުގެ ތެރެއިން ރިފްލެކްޓުވެ، ފެތުރިގެން ގޮސް ހަނދަށް ފޯރާތީ ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ހަނދު ކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ. މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ މިރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ކޮންމެ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާނީ އެންމެ ބޮޑު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މިފަދަ ނާދިރު ހަނދު ކޭތައެއް ރާއްޖެއިން ފެނުމަކީ ރައްޔިތުންނަށް ލިބޭ ޚާއްސަ ފުރުސަތެކެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް