ads
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް-- ފޮޓޯ: އަހުމަދު ޒަމީތު
"މަރުވި މީހާ ވަޅުލީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް"
މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫގައި ހުންނަ، ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވި މީހާއާ ގުޅިގެން އަމަލުކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
Advertisement

އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ގދ. މަޑަވަލީ ސިއްހީ މަރުކަޒުން މިމަހުގެ 25 ވަނަ ދުވަހު އެ ހޮސްޕިޓަލަށް ޓްރާސްފާކުރި ބަލި މީހާގެ ކިބައިން " ސާރީ "(ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން) ގެ އަމާލާތްތައް ފެނިފައިވާތީ އެކަން އެޗްޕީއޭއާ ހިއްސާކުރި ކަމަށެވެ.

އަދި ސަވައިލަންސްގެ ބޭނުމަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށާއި 27 ވަނަ ދުވަހުގެ ރޭ އެމީހާ މަރުވީ އެޗްޕީއޭއާއި ގުޅިގެން ސާމްޕަލް ޓެސްޓްކުރުމަށް މާލެ ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދަނިކޮށް ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ. 

އޭގެ އިތުރުން އެ ބަޔާނުގައި ބުނީ "ސާރީ"ގެ އަލާމާތްތަކާއެކު ބަލިމީހާގެ ސާމްޕަލް ނެގުނު ހިސާބުން ފެށިގެން އައިސީޔޫގައި މަސައްކަތްކުރި އެންމެހާ މުވައްޒިފުން، އެޗްޕީއޭގެ ގައިޑްލައިނާއެއްގޮތަށް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައި ކަމަށެވެ. 

މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މަޑަވެއްޔަށް ގެންދަން އާއިލާއިން އެދުމުން، އެހާލަތުގައި މައްޔިތާއާމެދު އަމަލުކުރަން އެޗްޕީއޭއިން ނިންމާފައިވާ ނިންމުން ޢާއިލާއާ ހިއްސާކުރިކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ މައްޔިތާ، ޢާއިލާއާ ހަވާލުކުރުމަށްފަހު ހޮސްޕިޓަލުންވާނީ ޖަމާއަތްތެރިން ހޯދުމުގައިއާއި ވަޅުކޮންނާނެ އިންތިޒާމްތައް ތިނަދޫ ކައުންސިލާއި ގުޅިގެން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. 

އޭގެ ފަހުން، ޖަމާއަތްތެރިން ހޮސްޕިޓަލަށް ގެނެސް، މައްޔިތާ ހިނެވުމަށް ލާންޖެހޭ (ޕީޕީއީ) ސޫޓް ލާންޖެހޭ ގޮތް ވެސް އެމީހުންނަށް ކިޔައިދީފައިވާ ކަމަށާއި މިކަން ކޮށްފައި ވަނީ ހޮސްޕިޓަލުގެ ތަމްރީން ލިބިފައިވާ މުވައްޒަފުން ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

"ހޮސްޕިޓަލުން މިކަމުގައި އަމަލުކޮށްފައިވާނީ އެޗްޕީއޭއިން ކޯވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމުގައި ދަންނަވަމެ،"

އެކަމާއި ގުޅިގެން، އެ ހޮސްޕިޓަލުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާއި މެދު އާއިލާގެ ކަންބޮޑުވުންތަކާއި ތަފާތު އެކި ގޮތްގޮތަށް ނޫސްތަކުގައި ލިޔުންތައް ޝާއިއުކޮށްފައިވާތީ އެވެ. 

ރޭ ކޮވިޑް-19 ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާގެ މޫނު ބެލުމުގެ ކަންކަން ކުރިއަށް ގެންދަން އެންމެ ރައްކާތެރި ގޮތަކީ ތިން ފޫޓުގެ ދުރު މިނެއް ބަހައްްޓައިގެން ކަމަށް ޓެގް ޓީމަށް ފެންނާތީ ކަންކަން ކުރިއަށް ގެންދިޔައީ ވެސް އެގޮތަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް