ads
ރާއްޖޭގެ ސިއްހީ ދާއިރާގެ ޓީމެއް، ޗައިނާގެ ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށް ގިނަ ތަޖުރިބާތަކެއް ހޯދުން
ޗައިނާގެ ސިއްހީ މަރުކަޒުތަކުން ރާއްޖޭގެ މެޑިކަލް ޓީމެއް ތަޖުރިބާހޯދައިފި
ރާއްޖޭގެ ސިއްހީ ދާއިރާގެ ޓީމެއް، ޗައިނާގެ ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށް ގިނަ ތަޖުރިބާތަކެއް ހޯދައިފި އެވެ.
Advertisement

މި ޓީމުގައި ހިމެނެނީ އައިޖީއެމްއެޗް، އެޗްއެމްއެޗް، އޭޑީކޭ އަދި އޭއީއެޗް ފަދަ ރާއްޖޭގެ މައި ހޮސްޕިޓަލުތައް ތަމްސީލުކުރާ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނެވެ. ޗައިނާގެ ޗެންގްޑޫގައި ހުންނަ ވެސްޓް ޗައިނާ ސެކަންޑް ޔުނިވާސިޓީ ހޮސްޕިޓަލް ސީއެން އާއި، ސައުތުވެސްޓާން ޗައިނާގެ ނޭޝަނަލް މެޑިކަލް ރީޖަނަލް ސެންޓާ ފޯ ޗިލްޑްރަންސް އަށް މި ޓީމުން ވަނީ ޒިޔާރަތްކޮށް، ގިނަ ދުވަސްތަކެއްގެ ތަމްރީނުތަކެއް ފުރިހަމަކޮށްފަ އެވެ.

މި ތަޖުރިބާގެ ތެރެއިން، ޓީމުން ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕީޑިއަޓްރިކްސް އަދި މެޑިކަލް ސިމިއުލޭޝަން ލެބްސް ފަދަ މުހިއްމު ދާއިރާތަކުން ކްލިނިކަލް އަދި އެކަޑަމިކް ތަމްރީނުތައް ހޯދާފަ އެވެ. އަދި ޗައިނާގެ ސިއްހީ ދާއިރާގެ މަޝްހޫރު ޕްރޮފެސަރުންނާއި ސީނިއާ ކްލިނިޝަނުންނާ ބައްދަލުކޮށް، އެބޭފުޅުންގެ ކްލިނިކަލް ވޯކްފްލޯސް، އެކަޑަމިކް ޕްރެކްޓިސްސް އަދި ޑިޕާޓްމަންޓް ސްޓްރަކްޗަރ އަށް ބަލާލުމުގެ ފުރުސަތު ލިބިފައިވެ އެވެ. ހާއްސަކޮށް، އެންމެ ޒަމާނީ ރޮބޮޓިކް ގައިނެކޮލޮޖިކަލް ސާޖަރީ އޮބްޒާވްކުރުމުގެ ފުރުސަތު މި ޓީމަށް ލިބުނެވެ. ޕީޑިއަޓްރިކްސް ޓީމުން ވަނީ ނިއުރޯޑިވެލޮޕްމަންޓް، ހެމަޓޮލޮޖީ، އޮންކޮލޮޖީ، ޕަލްމޮނޮލޮޖީ، އެންޑޮކްރިނޮލޮޖީ، ނިއޯނެޓޮލޮޖީ އަދި ޕީޑިއަޓްރިކް ކާޑިއޮލޮޖީ ފަދަ ހާއްސަ ހިދުމަތްތަކުން ވެސް ތަމްރީނު ހޯދާފަ އެވެ.

މީގެ އިތުރުން، މެޑިކަލް ސިމިއުލޭޝަން ލެބޯޓްރީސް އަށް ޒިޔާރަތްކޮށް، އެޑްވާންސް ހައި-ފިޑެލިޓީ ސިމިއުލޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނުތަކުގައި ބައިވެރިވެ، މައުލޫމާތާއި ހުނަރު ބަދަލުކޮށްފައިވެ އެވެ. މިގޮތުން ޗައިނާއިން ހޯދުނު މި ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ސިއްހީ ދާއިރާއަށް އާ އުފެއްދުންތެރި ހިޔާލުތަކާއި، ޒަމާނީ ފަރުވާގެ އުކުޅުތައް ތައާރަފުވެ، ގައުމީ ސިއްހީ ހިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް