ads
ބަންޔަން ޓްރީ އިން މާލެ ސާފުކުރުން
ވޯލްޑް ކްލީނިން ޑޭގެ މައި ހަރަކާތްތައް ބ. ކަމަދޫގައި
މިއަހަރުގެ ވޯލްޑް ކްލީނިން ޑޭގެ މައި ހަރަކާތްތައް ބ. ކަމަދޫގައި ބޭއްވުމަށް ނިންމައި، އެކަމަށް ތައްޔާރުވެއްޖެއެވެ
Advertisement

"ލެޓްސް ޑޫ އިޓް މޯލްޑިވްސް" ޖަމިއްޔާއިން އިންތިޒާމުކުރާ މި ހަރަކާތް މި އަހަރު ފާހަގަކުރާނީ ސެޕްޓެމްބަރު 20، 2025 ވާ ހޮނިހިރު ދުވަހުއެވެ. މި ދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަނީ ދުނިޔެ ސާފުކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ ގޮތުގައެވެ.

މި ހަރަކާތަކީ ދުނިޔޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ނުކުމެ ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންދާ ދުވަހުގެ ގޮތުގައި ފާހަގަވެފައިވާ ދުވަހެކެވެ. މިދިޔަ އަހަރު މި ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ ކ. ދިއްފުށީގައެވެ. އެފަދައިން މިއަހަރު ކަމަދޫގައި ކުރިއަށްދާ މި ހަރަކާތުގެ ތެރެއިން ރަށުތެރެއާއި މޫދު، އަދި ވަށައިގެންވާ ސަރަހައްދު ސާފުކުރެވޭނެއެވެ. މިދިޔަ އަހަރުގެ އިވެންޓްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 20،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުނި އެޅުމާއިމެދު އާންމުން ހޭލުންތެރިކުރުވުމާއި، ޕްލާސްޓިކް ފަދަ ތިމާވެއްޓަށް ގެއްލުންދޭ ކުނި މަދުކުރުމެވެ. ޕްލާސްޓިކް ފަދަ ތަކެއްޗަކީ އަވަހަށް ހަލާކުނުވެ ދުނިޔޭގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންދޭ އެއްޗެހި ކަމަށް ވާތީ، މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ. ރާއްޖޭގައި ކޮންމެ އަހަރަކުވެސް މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދާއިރު، މީހުން އުޅޭ ރަށްރަށާއި ރިސޯޓުތަކުގައިވެސް މިކަން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް