
މިފްކޯގެ ސީއީއޯގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ޝަމާހު
ސްޓެލްކޯ އެމްޑީގެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު އައްޔަންކޮށްފި
އަލީ މިދުހަތު
07 ސެޕްޓެމްބަރ 2025 - 18:21:17
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގަ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ސީއީއޯކަމުން މިދިޔަ އަހަރު ވަކިކުރި އަހްމަދު ޝަމާހު ރަޝީދު މިއަދު އައްޔަނުކޮށްފި އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ބަދަލު ގެނައިކަން އިއުލާންކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ންނެވެ.
ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވި ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރެއްވި ޝަމާހު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އޭނާ ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ މިދިޔަ އަހަރު އެވެ.
ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ 2024 ވަނަ އަހަރުގެ އެޕްރީލް މަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް