
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ފަހުގެ އިންތިހާބުތަކުަގައި ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ)އަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހި ގާނޫނުހަދާ މަތިގެއާއި ތިރިގޭގެ އަގުލަބިއްޔަތު ގެއްލިފައި ވަނިކޮށެވެ.
ސިޔާސީ ގޮތުން އެލްޑީޕީ އަށް މި ފަހުން ކުރިމަތިލާން ޖެހުނު ނާކާމިޔާބީތަކަށް ބަލާ އިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށާއި މަތީގެއަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ދެ އިންތިހާބުން ޕާޓީ އަގުލަބިއްޔަތު ގެއްލިފައިވެ އެވެ.
ތިރީގެއަށް މެންބަރުން ހޮވަން ބޭއްވި އިންތިހާބުގައި، އެލްޑީޕީއަށް ފާއިތުވި 15 އަހަރުގެ ތެރޭގައި އަލަށް އަގުލަބިއްޔަތު ގެއްލުނު އިރު، މިދިޔަ ޖުލައި މަހު، ބޭއްވި މަތީގޭގެ އިންތިހާބުގައި ވެސް ޕާޓީ އަށް ވަނީ ލަދުވެތި ނަތީޖާއަކާ ކުރިމަތިވެފަ އެވެ.
ޗައިނާއާ އޮންނަ ގުޅުން ހީނަރުވެ، ސަރަހައްދީ ނުރައްކާތެރިކަން އިތުރުވެ، ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިގުތިސާދު އޮންނަ އަދި އެމެރިކާގެ މުހިންމު އެކުވެރިއެއް ކަމަށްވާ ޖަޕާނު މިހާރު ވަނީ ސިޔާސީ ގޮތުން ހަލަބޮލިވެފަ އެވެ.