ads
އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވުމުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް
ވިޔަފާރިތަކުން ޓީޓީ ހަދަން ބީއެމްއެލްއިން ދޫކުރި ޑޮލަރުގެ އަދަދު އިތުރުވެއްޖެ
ސަރުކާރުން އެޅި މާލީ ހަރުދަނާ ފިޔަވަޅުތަކާ އެކު މިއަހަރުގެ މިހާތަނަށް ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، އިތުރުވެފައިވާކަން ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

އެ ބެންކުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު ޓީޓީ ހެދުމަށް ވިޔަފާރިތަކަށް އެ ބެންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް، މި އަހަރު، މިދިޔަ 8 މަހުގެ ތެރޭގައި އެކަނިވެސް 73 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ޑޮލަރު ވިއްކި އަދަދު އިތުރުވެފައިވަނީ، ޓީޓީ ހެދުމަށް ވިޔަފާރިތަކަށް އެދެވޭނެ އަދަދުގެ ނިސްބަތް ވެސް އިތުރުކޮށްދިނުމަށްފަހު އެވެ.

މިދިޔަ ޖޫން މަހުގެ 30ގައި ބީއެމްއެލުން ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރާ ޓީޓީ މުއާމަލާތްތަކަށް ބޭންކް ރޭޓުގައި ޑޮލަރު ދޭ މިންވަރު 30 ޕަސެންޓާ ހަމައަށް ބޮޑުކޮށްފަ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ތާށިކަން ހައްލުކުރުމަށް، ޓޫރިޒަމް ދާއިރާ އިން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަށްފަހު އޭގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދު ވަނީ ބޮޑުކޮށްފަ އެވެ.

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ. ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭ އަށް ވިއްކަން ޖެހެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް