އެކްސްގައި އަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާކަމެއް ރަނގަޅުކުރަން ކަމަށް ބުނެ އައި ސަރުކާރަށް ކުރެވުނު ކަމެއް ނެތްތާ ހުރިހާކަމެއް ގޯހުން ގޯހަށް ދާކަމަށެވެ.
އަމީރު ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވި ކޯވިޑްގެ ހާލަތާއިއެކުވެސް މިދިޔަ ސަރުކާރުން ިއގްތިސާދު ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަކޮށް ރަނގަޅުކޮށްކަމަށެވެ. އެގޮތުން ކޯވިޑާއި އެކު ދަށަށް ދިޔަ އިގްތިސާދު 2022 ވަނަ އަހަރު އޭގެ ކުރިން އޮތްވަރަށްވުރެ ރަނގަޅުކުރެވުނުކަމަށެވެ.
ކޮވިޑްގެ ވަބާއިން އަރައިގަނެ، އަމއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްވީ އޭރު އެޅުނު މާލީ، އިގްތިސާދީ އަދި އިޖްތިމާއީ ފިޔަވަޅުތަކުގެ ސަބަބުންކަމަށް އަމީރު ވިދާޅުވިއެވެ. އޭގެ ފަހުން އައި ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ވެސް ވާނި ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރު ނުކުރާނެ ގޮތަށް މެނޭޖްކުރެވިފައިކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވަނީ މިދިޔަ ސަރުކާރުން ނެގި ދަރަންޏާއި ޗާޕުކުރި ފައިސާގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނުމަށް މަޖިލިސްއަށް އޭނާ ހާޒިރުކޮށް ސުވާލުކުރުމަށް ގޮވާލާފައެވެ.
ކޮވިޑްގެ ދުވަސްވަރު ދަށަށް ދިޔަ އިގްތާސާދާއެކު، އާމްދަނީ ދަށަށް ދިޔުމުން ދަރަނި ނަގަން ޖެހުނުކަނަށް ފާހަގަކުރައްވަމުން އައިމީރު ވިދަޅުވީ މި ސަރުކާރުން ފާހަގަކުރަމުން އަންނަ 56 ބިލިއަނުން 19 ބިލިއަން އަކީ ކޮވިޑާއެކު އިތުރުވި ދަރަނިކަމަށެވެ. އަދި މި ސަރުކާރުން ދެ އަހަރުގެ ތެރޭގައި އެއަށް ވުރެ ގިނަ ދަރަނި ނަގާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.
" ބާކީ 37 ބިލިއަން އެވަރު ތި ބޭފުޅުންގެ ސަރުކާރުގެ 2 އަހަރު ނުވަނީސް މިހާރު އިތުރު ވެއްޖެ. ކުރި ކަމެއް، ހިންގި ޕްރޮޖެކްޓެއް ފެންނަ މީހެއް މި ޤައުމަކު ނެތް. އަޅުގަނޑުމެންނާއި ކުރިމަތިލާން ޖެހުނު ދަތިތަކުން، އަޅުގަނޑުމެން އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކޮށްގެން. އެއާއެކު ދެން ގެންނަންޖެހޭނެ ރިފޯމްތައް ދަނެގެން، ތައްޔާރުވެތިބެ." އަމީރު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;