
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ: މަޖިލިސް
މަޖިލީހުގެ ފާހާނާ މަރާމާތަށް ބައިމިލިއަނެއްހާ ރުފިޔާ
އަހުމަދު ހަސަން
08 ސެޕްޓެމްބަރ 2025 - 11:49:56
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާހާނާތައް މަރާމާތު ކުރުމަށް، ބައި މިލިއަނެއްހާ ރުފިޔަ މިދިޔަ މަހު ހަރަދުކޮށްފި އެވެ.
މަޖިލީހުން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ހަރަދު ތަފްސީލްތަކުން އެނގޭ ގޮތުން، ފާހާނާ މަރާމާތު ކުރުމަށް، 441،849.60 ހަރަދުކޮށްފައިވެ އެވެ. މި މަސައްކަތް ކޮށްފައިވަނީ އޭޒެޑް ކޮންސްޓްރަކްޝަން ކިޔާ ބަޔަކާ ހަވާލުކޮށްގެންނެވެ.
މަޖިލީހުގެ މިދިޔަ މަހުގެ ހަރަދު ރިޕޯޓުގައިވާ ގޮތުން، ހަމަ އެ ކުންފުންޏާ ހަވާލުކޮށްގެން، މަޖިލީހުގެ ޓެރަސް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ. އެ މަސައްކަތަށް މިދިޔަ މަހު ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވެއެވެ. ޓެރަސް މަރާމާތަށް ހަރަދު ކުރި ޖުމްލަ އަދަދަކީ، 998،481.60 ރުފިޔާ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް