ހަބަރު /

ރައީސް މުއިއްޒު، އަރިހުގައި ރައީސް ނަޝީދު
ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް ކުޑަކުރަން ފެނޭ : ރައީސް
މުހައްމަދު އާދަމް އަހްމަދު
08 ސެޕްޓެމްބަރ 2025 - 15:11:00
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށައަޅުއްވައިފިއެވެ.
ރައީސް މުއިއްޒު މި ވިސްނުން ހިއްސާކުރެއެވީ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއަފް ގްރޫޕުގައެވެ.
އެ ވަޓްސްއެޕް ގްރޫޕަށް ރައީސް މުއިއްޒު މީގެ ދެ ދުވަސް ކުރިން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މަޖިލީސް މެމްބަރުކަން ކުރައްވާފައި ތިއްބެވި ކުރީގެ މެންބަރުންނާއި ކުރީގެ ރައީސުންނާ ދެމުންދާ އިނާޔަތްތައް މަދުކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ރައްޔިތުން އެދެނީ އެ ގޮތަށް ކަމަށް ވެސް އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.
ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ފާޑުކިޔަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް