
މި އެއްވުމުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލިސް މެމްބަރުންނާއި އެޕާޓީގެ އާއްމު މެމްބަރުން ހިމެނެއެވެ.
އެމްޑީޕީން އިހްތިޖާކުރަނީ ދައުލަތުން ގެެންގުޅޭ އިގްތިސާދީ ސިޔާސަތާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެގޮތުން އިހްތިޖާޖުގައި ބައިވެރިވާ ފަރާތްތަކުން ތިބީ ސަރުކާރާއި ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެ ބޯޑުތަކުގައި ވަނީ ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ނުދީ ވިޔަފާރިތައް ހަލާކުކޮށްލާފައިވާކަމަށެވެ. އަދި ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާތައް ވީހާވެސް އަވަހަށް ދޫކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ.
ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ފެށުމަށް ނިންމައި، އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެގޮތުން އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ވަނީ ނިންމާފައެވެ އަދި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވަންދެން އިހުތިޖާޖުތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވެސް ގަރާރުގައިވެ އެވެ.