މިގޮތުން އެ މަގާމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ މ. ޕޮޕީ، މުހައްމަދު ޝަފީގު މަހްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަހްމަދު މަގުސޫމްއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބޭފުޅުން މި މަގާމަށް އައްޔަނުކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް އައްޔަންކުރެއްވި ދެ މެންބަރުންނާ، އެ މަގާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.