ads
މަރަދޫފޭދޫ ގެއެއްގެ ފުރާޅުއެއްލާލައިފައި: ފޮޓޯ ސޯޝަލް މީޑިއާ
މަރަދޫފޭދޫ އަށް އެރީ ނަގޫރޯޅިއެއް ނޫން ކަމަށް މެޓް އޮފީހުން ބުނެފި
މަރަދޫފޭދޫއަށް މިއަދު ހެނދުނު ކުރިމަތިވި ހާދިސާއާ ގުޅިގެން، އެއީ ނަގޫރޯޅިއެއް ނޫން ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
Advertisement

މިއަދު ހެނދުނު މަރަދޫފޭދޫއަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން އެތަކެއް ގެއްލުންތަކެއް ވެފައެވެ. މިގޮތުން ގޭގޭގެ ފާރުތަކުގެ ބައިބައި ވެއްޓުމާއި، ގޭގޭގެ ފުރާޅު އެއްލާލުން ފަދަ ކަންކަން ހިމެނެއެވެ. މި ހާދިސާ ނަގޫރޯޅިއެއް ކަމަށް އެ ރަށުގެ ބައެއް މީހުން ބުނަމުންދާއިރު، މެޓް އޮފީހުން މިކަން ދޮގުކުރެއެވެ. 

މެޓް އޮފީހުން ބުނެފައިވަނީ، މަރަދޫފޭދޫގައި ސީދާ ވެދާ ސްޓޭޝަނެއް ނުހުންނަކަމަށެވެ. ނަމަވެސް ސ. ގަމުގައި ހުންނަ ވެދާ ސްޓޭޝަނާއި ހަވާލާދީ، އެ ސަރަހައްދަށް ވިލާގަނޑެއް ނަގައި، ކުޑަ އިރުކޮޅަކަށް ގަޑިއަކު 42 މޭލަށް ވައިގަދަވެފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް ފަރާތަކުން މިއީ ނަގޫރޯޅިއެއް ކަމަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މިހާދިސާގައި ގެއްލުންވި ގޭގޭގެ ހާލަތު ބަލައި ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ.

މުޅި ރާއްޖޭގެ މޫސުން މިވަގުތު އެހާ ގޯހެއް ނޫން ނަމަވެސް، ވައި ތަންކޮޅެއް ގަދަކޮށް އުޅޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އާންމުކޮށް ވައި ޖެހެމުންދަނީ ގަޑިއަކު 13 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ބޮޑު ވިއްސާރައެއް ނުވާނެއެވެ. ނަމަވެސް ކެރިކޮޅެއް އަތުވެދާނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވައިވެސް ގަދަވާނެ ކަމަށް ލަފާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް