މެމްބަރު ޝަރީފް މިފަދައިން ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކައުންސިލްތައް ބާރުވެރިކުރުވާ ވާހަކައަށް އިޝާރާތް ކުރައްވަމުންނެވެ.
ނަމަވެސް، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް އަދުގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ތައުރީފު ހައްގު މަސައްކަތްޕުޅެއް ކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ. އެގޮތުން، 2026 ވަނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އ.ތ.މ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރައްވައި، ކައުންސިލްތަކަށް ހިލޭ އެހީ ދޭ ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މުރާޖަޢާކުރެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;