ads
ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ގައުމުގައި ކޮރަޕްޝަން އާންމުވެފައިވާ މައްސަލައިގައި ޒުވާނުން މިއަދު ކުރި މުޒާހަރާގެ ބައިވެރިންތަކެއް ގާނޫނު ހަދާ މަޖިލިސް އިމާރާތުގެ މައްޗަށް އަރައި. - ފޮޓޯ: އޭއެފްޕީ
ސޯޝަލް މީޑިއާ މަނާ ކުރާތީ ނޭޕާލްގައި ކުރިއަށްދާ މުޒާހަރާގައި ގިނަ ބަޔަކު މަރުވެއްޖެ
ނޭޕާލުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބަންދުކުރުމާ ދެކޮޅަށް އަދި ކޮރަޕްޝަަންގެ ހަޑިމުޑުދާރު ސަގާފަތް ހުއްޓާލުމަށް ގޮވާލާ ކަތުމަންޑޫގައި މިއަދު ޒުވާނުން ކުރި މުޒާހަރާ ހޫނެވެ، ވަރަށް ގިނަ ބަޔަކު މަރުވެއްޖެ އެވެ.
Advertisement

ފޭސްބުކް، އެކްސް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ނޭޕާލުގައި ވަނީ މަނާކޮށްފަ އެވެ. ރަޖިސްޓްރީ ނުކޮށް ސޯޝަލް މީޑިއާ ހިންގުން މަނާކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަކަށް ފަހު 26 ޕްލެޓްފޯމެއްގެ އެކްސެސް ވަނީ ކަނޑާލައިފަ އެވެ. ތިރީސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލްގެ އާބާދީގެ 90 ޕަސަންޓް މީހުން އިންޓަނެޓުގެ ވަސީލަތްތައް ބޭނުން ކުރެ އެވެ.

ޒުވާނުން ހިމެނޭ ހެން އެތައް ހާސް ބަޔަކު މުޒާހަރާގައި ބައިވެރި، ގާނޫނު ހަދާ މަޖިލިސް ކައިރިއަށް އެއްވުމަށް ފަހު ވަނީ ކަށިނަރު ޖަހައި ބަންދުކޮށްފައި އޮތް މަނާ ސަރަހައްދަކަށް ވެސް ވަދެގެންފަ އެވެ. އެއާ އެކު ފުލުހުން ރަބަރު އުންޑަ އާއި ކަރުނަގޭހާއި ފެން ޖަހައި އަދި މުގުރުން ހަމަލާދޭން ވެސް ފެށި އެވެ.

އާންމުން ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި, ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހަށް ވަނުމަށް މަސައްކަތްކުރުމާ ގުޅިގެން, އެގައުމުގެ ސަރުކާރުން ވަނީ ކާފިއު އިއުލާނުކޮށްފަ އެވެ. ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާނު އެކްރަމް ގިރީ އާއި ހަވާލާދީ ރޮއިޓާސް ގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ކާފިއު މިރޭގެ 22:00 އާ ހަމައަށް ދެމި އޮންނާނެ އެވެ.

your imageނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ގައުމުގައި ކޮރަޕްޝަން އާންމުވެފައިވާ މައްސަލައިގައި ޒުވާނުން މިއަދު ކުރި މުޒާހަރާގައި ޒަހަމްވި ފުލުހަކަށް ފަރުވާ ދޭން ގެންދަނީ. - ފޮޓޯ: އޭއެފްޕީ

އެސޯސިއޭޓް ޕްރެސް ނިއުސް (އޭޕީ) ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޒާހަރާ ރޫޅާލަން ފުލުހުން ކަރުނަ ގޭސް ބޭނުންކޮށް، ފެން ޖެހި ނަމަވެސް ބައިވެރިން ވަނީ ފިލަން މަޖިލިސް އިމާރާތުގެ އެތެރެއަށް ވަދެފަ އެވެ. ނޭޕާލުގެ ހިމާލިއަން ޓައިމްސް އިން ބުނީ އެ މުޒާހަރާގައި 15 މީހަކު މަރުވުމުގެ އިތުރަށް 70 މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. މަރުވި މީހުންނާއި ޒަހަމުވީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސޯޝަލް މީޑިއާ މަނާކުރުން ހުއްޓާލައި، ކޮރަޕްޝަން މަނާކުރަން ގޮވާލައި ނޭޕާލްގެ ގައުމީ ދިދަ އުފުލާފަ އެވެ.

ނޭޕާލްގައި ސޯޝަލް މީޑިއާގެ މަޝްހޫރު ހުރިހާ ޕްލެޓްފޯމެއް މަނާކޮށްފައި ވާއިރު މިދިޔަ ޖުލައި މަހު އެ ގައުމުގައި ވަނީ އޮންލައިން ފްރޯޑާއި މަނީ ލޯންޑަރިން އާންމުވަމުންދާ ކަމަށް ބުނެ ޓެލެގްރާމް ވެސް މަނާކޮށްފަ އެވެ. އަދި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ ނުވަ މަސް ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އަލުން ހުއްދަކުރި އެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި, މިއީ އެގައުމުގެ ސަރުކާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ހިންގާ ޖަރީމާ އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް