ads
ކުރީގެ މިނިސްޓަރު މަހްލޫފު
މަހުލޫފުގެ ރާގު ބަދަލުވެއްޖެ؛ ވަޒީރުކަން ދިނީ ތަބަކަށްލާފައެއް ނޫން
އެމްޑީޕީގެ ވެރިކަމުގައި ވަޒީރުކަން ދިނީ ތަބަކަކަށް ލާފައި ނޫން ކަމަށާއި، މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޏާ ފުރަތަމަ ގުނާ އެކަކަށް ވާނެ ކަމަށް، އެމްޑީޕީން މިއަދު ވަކިވި ކުރީގެ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
Advertisement

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން، އެމްޑީޕީގެ ވެރިކަމުގައި ވަޒީރުކަމުން ސަސްޕެންޑްވެސް ކުރި، އަދި ޖިނާއީ މައްސަލަ ޝަރީއަތަށްވެސް އޭރު ހުށަހެޅުނު މަހްލޫފު މިއަދުވަނީ އެމްޑީޕީން ވަކިވެފައެވެ. އެމްޑީޕީން މިއަދު ވަކިވުމަށް ފަހު، ސޯޝަލް މީޑިއާގައި މަހްލޫފު މިރޭވަނީ، ބޮޑު ސްޓޭޓްމެންޓެއް ލިޔެފައެވެ. އެ ސްޓޭޓްމެންޓްގައި މަހްލޫފު ވިދާޅުވީ، 2015 ވަނަ އަހަރު އެމްޑީޕީ އާއެކު މަސައްކަތްފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނުކުމެ ކަމަށެވެ.

ހަނދާން އާކޮށްލާނަމެވެ. 2015 ވަނަ އަހަރު އެމްޑީޕީ އާއެކު މަސައްކަތްފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނުކުމެއެވެ. އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ގެނައިވެރިކަމެކެވެ. މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޔާ ފުރަތަމަ ގުނާ އެކަކަށް އަޅުގަނޑުވާނެއެވެ. ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއްނޫނެވެ.

މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ހިޔާލު ތަފާތުވެ، އެ ޕާޓީއާ ފެޔަށް ޖެހުމަށް ފަހު އެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފްގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ މި ވަގުތު ބޮޑަށް މަސައްކަތް ކުރައްވަނީ ކުޅިވަރާ ގުޅުން ހުރި ކަންކަމުގަ އެވެ. އޭނާ އިސްވެ ހުރެ މި ފަހުންވަނީ ބެޑްމިންޓަން މުބާރާތެއް ބާއްވާފައެވެ. އެ މުބާރާތަށް ރައީސް މުއިއްޒުވެސް ވަޑައިގެންނެވިއެވެ.

މަހްލޫފް އެމްޑީޕީން ވަކިވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓްރީން ހިންގި ކުޅިވަރު މަޝްރޫއުތަކުގައި ކޮރަޕްޝަނާއި އިސްރާފު ބޮޑު ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓެއްގައިވަނީ ބުނެފައެވެ.

ސްޕޯޓްސް މިނިސްޓްރީން 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަ ޖެނަރަލް ނެރުއްވި ރިޕޯޓްގައި ބުނީ، ދަނޑުތައް އެޅުމުގެ މަޝްރޫތައް ހިންގުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ މިނިސްޓްރީން ކަންކަން ކޮށްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް