ads
ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ހަނިފަރު ހަލާކުވާ ދޮންފަނު ބިން ހިއްކުން ކުރިއަށް ނުގެންދަން ރައީސް ނިންމަވައިފި
ބ. ދޮންފަނުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
Advertisement

ރައީސް މިގޮތަށް ނިންމެވީ، ދޮންފަނު ބިންހިއްކުމުގެ މަޝްރޫއުގެ ސަބަބުން ބ. އަތޮޅުގައި އޮތް ބަޔޯސްފެއާ ރިޒާވް ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ރައީސްއަށް ހުށައެޅުމާއި ގުޅިގެންނެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދަނީ ރައްޔިތުންގެ ފަރާތުން އެދެމުންދާ ކަންކަމަށް އިސްކަންދެއްވައިގެންކަމަށެވެ. އަދި ރައްޔިތުން ބޭނުންނުވާ ކަންކަން ސަރުކާރުން އެރަށެއްގައި ކުރިއަށް ނުގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ, ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް،" ރައީސްގެ ޕޯސްޓުގައި ވެއެވެ.

އެންމެ 400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ދިނީ މިދިޔަ މަހުގެ 13ވަނަ ދުވަހު، ރައީސް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

ދޮންފަނުގެ ބިން ހިއްކަން ރައީސް ވައުދުވެ، އެއްބަސްވުމުގައި ސޮއިކުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އަދި، ގިނަ ބަޔަކު ވަނީ އެކަން ހުއްޓާލަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފަ އެވެ. އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް އެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ބ. ގޮައިދޫ ފަރުގައި ހެދިފައިވާ ބޮޑެތި ގަދީމީ މުރަކަތަކަކީ އާދަޔާ ހިލާފު މުރަކަތަކެކެވެ. އެއިން ބައެއް މުރަކަތަކަކީ އެތައް ސަތޭކަ އަހަރެއްވެފައިވާ މުރަކަތަކެކެވެ. ބައެއް މުރަކަތަކަށް 300 ނުވަތަ 500 އަހަރު ވެފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ.

ގުދުރަތީ މާހައުލު މިހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެ ތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދު ވެސް ވަރަށް މަގުބޫލު ތަނެކެވެ. އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް