
ކްރިމިނަލް ކޯޓް
އަންހެނުންގެ ވަގު ބިޓުގައި ތަޅައިގަނެގެން ޖަލަށް
އަހުމަދު ހަސަން
09 ސެޕްޓެމްބަރ 2025 - 12:51:39
އަނބިމީހާގެ ވަގު ބިޓަށް ހަމަލާދީގެން ދިވެހި ފިރިހެނަކު ޖަލަށް ލައިފި އެވެ.
މިއީ، މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހަކު، އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާ ގުޅުމެއް ބާއްވާ ކަމަށް ބުނެ އެ ފިރިހެން މީހާއަށް ހަމަލާދިން މައްސަލަ އެވެ.
މީގެ ކުރިންވެސް އެ ފިރިހެން މީހާއަށް ހަމަލާދީފައިވާއިރު، މި ފަހަރުގެ ހަމަލާއާޢި ގުޅިގެންވަނީ އެއް މަހާއި 11 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ކުރިން ފަހަރު ކުރީ ޖޫރިމަނާ އެވެ.
މި ފިރިހެން މީހާ، އޭނާގެ އަންހެނުންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ މީހާއަށް ހަމަލާދީފައިވަނީ މާލޭ، ވެލާނާގޭ ކައިރީ ޕާކިން ޒޯން ސަރަހައްދުގަ އެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް