ads
ނޭޕާލުގައި ކުރިއަށްދާ މުޒާހަރާ: ފޮޓޯ ފްރާންސް 24
ނޭޕާލަށް ދިވެހިން ދަތުރު ނުކުރަން އިލްތިމާސްކޮށްފި
ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ދިވެހިން ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
Advertisement

ފޮރިން މިނިސްޓްރީން ބުނީ، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާ ކަމަށާއި، މި ނާޒުކު ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަަމަށެވެ. 

ނޭޕާލުގައި މިހާރު ތިބި ދިވެހިންނާއި، ކޮންމެހެން ދަތުރުކުރައްވަން ޖެހިފައިވާ ފަރާތްތަކުން، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި އެ މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކާފިއު އިއުލާންކޮށްފައިވާ ސަރަޙައްދުތަކުގައި ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށްވެސް އެދިފައިވެއެވެ.

ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ފޮރިން މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށްވެސް ބުންޏެވެ. 

ނޭޕާލުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް ވަނީ އަރުވާފައެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅަން ވެސް އެ މިނިސްޓްރީން ވަނީ އެދިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް