ads
ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސް ވުމުގައި ސޮއިކުރުމުގެ ތެރެއިން
މަޑިފުށީ މަގުތަކުގައި ތާރުއަޅަން 82 މިލިއަަނަށް އާރުޑީސީއަށް
ތ. އަތޮޅު މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
Advertisement

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްއެވެ.

މަޑިފުށީ މަގުތަކުގައި ތާރު އަޅައިގެން ހަދަން އާރުޑީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އެ މަސައްކަތް އެ ކުންފުންނާއި ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 82,938,294.36 ރުފިޔާއެވެ. 

your imageތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސް ވުމުގައި ސޮއިކުރުމުގެ ތެރެއިން

މާލެއާއި ވިލިމާލެ ހުރިހާ މަގެއް އަދި ހުރިހާ ރަށެއްގެ ބޮޑެތި މަގުތައް ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި މަސައްކަތުގެ ދަށުން މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ހަދައިދެނީ ޗައިނާ ސަރުކާރުންކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް