
އޭނާ މިހެން ބުނެފައިވަނީ އެން.ޑީ.ޓީ.ވީ އަށް ދިން އިންޓަރވިއު އެއްގައި ވާހަކަ ދައްކަމުން އެވެ. މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ހަނގުރާމައިގެ ޑްރާމާ ފިލްމެއް ކަމަށް ރިޕޯޓް ތަކުން ބުނެއެވެ. ސަލްމާން އޭނާގެ ފުރަތަމަ ފޮޓޯ ސެޓުން އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ. މި ފޮޓޯގައި އޭނާ ހުރީ ސިފައިންގެ ޔުނިފޯމެއްގައި، ވަރަށް ސީރިއަސް މޫނެއް ހަދައިގެންނެވެ.
މި ފިލްމުގެ ޝޫޓިން ކުރިއަށްދަނީ ލަޑާކްގައި ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ. އަދި އެކްޓަރު މިހާރު ދަނީ އިންޓެންސް އެކްޝަން ސީންތައް ޝޫޓް ކުރަމުން ކަމަށާއި، މިގޮތުން، ފިނިފެނާއި، އުސް ހިސާބުތަކުގައި ކުރާ އެކްޝަން ސީންތައް ހިމެނޭ ކަމަށްވެސް ރިޕޯޓް ތަކުން ވަނި ބުނެފަ އެވެ.
މިފަދަ ރޯލުތައް ކުރުމަކީ އުމުރުން ދުވަސްވީ ވަރަކަށް ޖިސްމާނީ ގޮތުން އިތުރަށް ގޮންޖެހުން ބޮޑު ކަމެއްކަމަށް ސަލްމާން އަމިއްލައަށްވެސް ބުނެފައިވެ އެވެ. ނަމަވެސް އޭނާ އަންނަނީ ފިލްމަށް އެންމެ ރަނގަޅު މަސައްކަތް ކޮށްދިނުމަށް ވަރަށް ބޮޑަށް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ.
މި ފިލްމަކީ އިންޑިއާގެ ސިފައިންގެ ހިތްވަރާއި ގަދަރު ދައްކުވައިދޭ، ހިތާމަވެރި އަދި އެކްޝަން ގިނަ ފިލްމަކަށް ވާނެ ކަމަށް ރިޕޯޓް ތަކުން ބުނެ އެވެ. އަދި މި ފިލްމުގެ ސަބަބުން ސަލްމާން ގެ ފޭނުންނަށް ބޮޑު ހައިރާންކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ.