ads
ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓްގައި ސައިކަލު ބަސް ދަށުވެފައި
ހައިވޭގައި ބޮޑު އެކްސިޑެންޓެއް، ސައިކަލު އޮތީ ބަސް ދަށުގައި
ހައިވޭގައި އެމްޓީސީސީގެ ބަހަކާއި ސައިކަލްތަކެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެއެވެ.
Advertisement

ފުލުހުން ބުނީ ހައިވޭގައި އެކްސިޑެންޓް ހިނގި މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން ސައިކަލަކާއި ބަހެއްގެ ދެމެދުން އޯވަޓޭކްކުރަން އުޅުމުގެ ތެރޭގައި ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލުގައި ޖެހި ބަހުގެ މެދާ ދިމާލުން އެ ސައިކަލު ދަށުވުމުން ކަމަށެވެ. 

މި އެކްސިޑެންޓުގައި ތިން ސައިކަލާއި ބަހެއް ހިމެނޭކަމަށާއި އޭގެ ތެރޭގައި ފުލުހުންގެ ސައިކަލެއް ހިމެނޭކަމަށް ފުލުހުން ބުނެއެވެ. 

އެ އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މި އެކްސިޑެންޓުގައި އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔައީ ބާރު ސްޕީޑުގައި އޯވަޓޭކްކުރަން މަސައްކަތްކުރި މީހާއާއި ބަހުގެ ދަށުވި ސައިކަލު ދުއްވަން އިން މީހާއާއި އޭނާގެ ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖާއެވެ. އެހެންނަމަވެސް އޭގައިން އެކަކަށްވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވެއެވެ. 

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެއް ސައިކަލު އޮތީ ބަސް ދަށުގަ އެވެ. އަދި އެ ސަރަހައްދުގައި ހެލްމެޓުތަކެއް ވެއްޓިފައި ހުއްޓެވެ. 

ބާރަށް ދުއްވި ސައިކަލު މިހާރު ޓޯކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް