ads
އިރުފާން ހާން--
އިރުފާން ހާނު މަރުވެއްޖެ
ބޮލީވުޑުގެ ތަރި އިރުފާން ހާނު މަރުވެއްޖެ އެވެ.

އުމުރުން 53 އަހަރުގައި އިރްފާން މަރުވެފައި ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރު ބައްޔަކާއި ހަނގުރާމަކުރަމުންދަނިކޮށެވެ. 

އޭނާ މަރުވެފައި މިވަނީ އިއްޔެގެ ވަގުތެއްގައި އައިސީޔޫއަށްލާ ފަރުވާދެމުން ދަނިކޮށް ވެސް މެއެވެ. 

އިރްފާން މަރުވުމާއި ގުޅިގެން އޭނާއާއެކު މަސައްކަތް ކުރި މީހުންނާއި ސަޕޯޓަރުން އަންނަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އަދި ކެންސަރު ބަލީގައި އުޅެމުން އޭނާ ދެއްކި ގަދަ ހިތްވަރަށް އެންމެން ދަނީ ތައުރީފްކުރަމުންނެވެ. 

އިރުފާނުގެ މަރުގެ ހަބަރު އާންމުކޮށް ބޮލީވުޑުގެ ޑައިރެކްޓަރު ޝޫޖިތު ސިރްކާރު ބުނީ އިރްފާނަކީ ހިތްވަރާއެކު ކަންކަމާއި ކުރިމަތިލީ މީހެއް ކަމަށާއި އޭނާއަށްޓަކައި އަބަދުވެސް ފަހުރުވެރިވާނެ ކަމަށެވެ.

މިދިިޔަ ހޮނިހިރު ދުވަހު ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ، އިރުފާނުގެ މަންމަ ވެސް މަރުވެފަ އެވެ. 

އިރްފާން މަރުވިއިރު އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިން އެބަތިއްބެވެ. 

އިރުފާނަކީ ކުޅަދާނަ ތަރިއެކެވެ. އެގޮތުން ހިންދީ މީޑިއަމް އާއި އެންގްރޭސީ މީޑިއަމް އަދި ލައިފް އޮފް ޕައިގެ އިތުރުން ބްލެކްމެއިލް އާއި ޕީކޫ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް