ads
އޭޝިއާ ކަޕް ބަލައިލުމަށް ދިރާގުން ހާއްސަ އޮފާއެއް
އޭޝިއާ ކަޕް ބަލައިލުމަށް ދިރާގުން ހާއްސަ އޮފާއެއް
ދިރާގު ކަސްޓަމަރުންނަށް އޭޝިއާ ކަޕް 2025 ބަލައިލުމަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފި އެވެ.
Advertisement

މި ހާއްސަ އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 50 ރުފިޔާއަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ލިބި، މި ރީޖަންގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5 ޗެނަލްތަކުން ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ އޮފާ ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ.

އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތް ކަމުގައިވާ "އޭޝިއާ ކަޕް"ގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ސްރިލަންކާ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ނޭޕަލް ހިމެނެއެވެ.

މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ދަނީ ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު އެކި ހިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް