
ރައީސް އެކްސްގައި ދާދި ދެންމެއަކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، މިކަމުގެ އިތުރު ތަފްސީލެއް ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.
އެސްޓީއޯއިން މީގެ ކުރިން ކާބޯތަކެތީގެ ތެރެއިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދިޔައީ ހަނޑޫ، ހަކުރު އަދި ފުށެވެ. ނަމަވެސް ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނިން ބައެއް ބާވަތްތަކުގެ ތަރުކާރީ އާދި އެ ނޫން ވެސް ބައެއް ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް ގެނެސް ވިއްކަ އެވެ.