ads
4000 ފްލެޓްގެ ތަޅުދަނޑިތައް މާދަމާ ހަވާލުކުރަން ފަށަނީ
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 4000 ފްލެޓުގެ ތަޅުދަނޑިތައް ވެރިފަރާތްތަކާއި މާދަމާ ހަވާލުކުރަން ފަށާނެކަަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
Advertisement

ފެލެޓް ވެރިފަރާތްތަކުގެ ތެރެއިން ފުރަތަމަ ތަޅުދަނޑި ހަވާލުކުރާނީ އަމާން އުދަރެސް މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅިފައިވާ 14 ވަނަ ޓަވަރުގައި ހުރި ފްލެޓްތަކުގެ ތަޅުދަނޑިކަމަށް އެފްޑީސީން ބުނެއެވެ. 

އެ ކޯޕަރޭޝަނުން އަންނަނީ ފްލެޓްތައް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރަމުންނެވެ އެގޮތުން މިހާތަނަށް 3،032 އަށް މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު އެފްޑީސީއިން މިހާރު ވަނީ ހުޅުވާލާފައެވެ. 

އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ބައެއް ފަރާތްތަކަށް އެފްޑީސީން ފޮނުވި މެސެޖުގައި ބުނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށެވެ.

ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ. އެހެންނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

4000 ފްލެޓްގައި ހިމެނޭ ދެ ކޮޓަރީގެ އެޕާޓްމަންޓުކުގެ ކުއްޔަކީ 8،000 ރުފިޔާއެވެ. އޭގެތެެރޭގައި މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 15،000 ރުފިޔާއެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކުއްޔަށް ދެނީ 11،000 ރުފިޔާ އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމަނައިގެންނެވެ. އެ އެޕާޓްމަންޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދައްކަން ޖެހެނީ 25،000 ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް