ads
"ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް2025 " ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތުން
އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: ސާޖިދާ
އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި ހެލްތު ދާއިރާގެ ހުރިހާ ޚިދުމަތްތެރިން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
Advertisement

އެކަމަނާ މިކަމަށް ގޮވާލެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ، އަލަށް އުފަންވާ ކުދިންގެ ސިއްހަތު ރަނގަޅުކުރުމަކީ ކޮންމެ ދިވެއްސެއްގެ ހަޔާތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގައި އަލަށް އުފަންވާ ކުދިންގެ ސިއްހަތާބެހޭ ދާއިރާގައި ކުރިން ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް މިދާއިރާއަށް އަވަސް ކުރިއެރުންތަކެއް ބޭނުންވާކަން ފާހަގަކުރައްވައި، ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި ގާބިލުކަން އިތުރުކުރަންޖެހޭ ކަމުގައި ސާޖިދާ ވިދާޅުވިއެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ސިއްހީ ދާއިރާވެސް ކުރިއަރަމުން އަންނައިރު، އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ޚާއްސަ ޓެކްނޮލޮޖީ ތައާރަފުކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިފަދަ ކޮންފަރެންސްތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި މިފަދަ ކަންކަން ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެކަމަނާ ވަނީ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ދެދުވަހަށް ކުރިއަށްގެންދާ މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް