
މަފާޒަށް ޖެހިފައިވަނީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ކެރަޓޯކޮންޖަންކްޓިވައިޓިސް" އެވެ. މި ބަލީގައި ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ "އިންފްލެމޭޓް" ވެއެވެ.
އުމުރުން 15 އަހަރުގެ މަފާޒުގެ ބޭސްފަރުވާއަށް މިހާތަނަށް އިންޑިއާއަށް 28 ފަހަރު ދަތުރުކޮށް، 17 އޮޕަރޭޝަން ކުރެވިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އިންޑިއާގެ ޑޮކްޓަރުން ވަނީ މަފާޒުގެ އަނގައިން ޓިޝޫ ނަގައި އޭނާގެ ލޮލަށް ލައްވާފަ އެވެ. ނަމަވެސް އޭގެ ސަބަބުން ލޮލުގައި އިންފެކްޝަން އުފެދި ލޯ އިތުރަށް ސަކަރާތްވެފައި ވެއެވެ. މިކަމާ ގުޅިގެން އާއިލާއިން ނިންމީ ބެންކޮކުން މަފާޒަށް ބޭސްކުރުމަށެވެ.
މަފާޒްގެ މިހާރުގެ ހާލަތު
ބެންކޮކުގެ ޑޮކްޓަރުންގެ ފަރުވާއިން މަފާޒުގެ ލޮލުގެ ފެނުން އެނބުރި އަންނަން ފަށައިފި އެވެ. މިހާރު އޭނާގެ އެއްލޮލުގެ ފެނުން 71 ޕަސަންޓު ލިބިފައިވާއިރު އަނެއް ލޮލުގެ 50 ޕަސަންޓު ރަނގަޅުވެފައި ވެއެވެ. ނަމަވެސް ލޮލަށް ލައްވާފައިވާ ޓިޝޫގަނޑު ކޮންޓްރޯލް ނުވާތީ، އޮޕަރޭޝަން ކުރުމަށް ދަތިތަކެއް ދިމާވެފައި ވެއެވެ. ޑޮކްޓަރުން ބުނާގޮތުގައި ޓިޝޫ ކޮންޓްރޯލް ނުވަނީސް އޮޕަރޭޝަން ކޮށްފިނަމަ، ލޮލުގެ އެސްފިޔަ ހަރަކާތެއް ނުކުރާނެ އެވެ.
ކޮންމެ ތިން މަހަކުން ތިން މަހަކުން ބެންކޮކަށް ގޮސް މަފާޒުގެ ލޯ އޮޕަރޭޝަން ކުރެވޭތޯ ބަލަން ޖެހޭތީ، އާއިލާއިން ވަނީ މާލީ ދަތިކަމާ ކުރިމަތިލާންޖެހިފައެވެ. މަފާޒުގެ މައިންބަފައިން ދަނީ ޖާނާއި މާލުން ގުރުބާންވަމުންނެވެ. މި އޮޕަރޭޝަން ނުކޮށް ލަސްވާނަމަ، އޭނާގެ ލޮލުގެ ފެނުން މަޑުމަޑުން އަނެއްކާވެސް ގެއްލޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
މަފާޒްގެ ބައްޕަ މައުސޫމް ހަސަން ބުނިގޮތުގައި މިހާތަނަށްވެސް މަފާޒްއަށް ބޭސް ކުރަމުން އައީ އާންމު ރައްޔިތުންގެ އެހީގައި ކަމަށާއި މި ކަމުގައި ރައްޔިތުންގެ ފަރާތުން ދެމުން އަންނަ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.
މީގެ އިތުރުން މިހާރު ކުރަން ތައްޔާރުވަމުން އަންނަ އޮޕްރޭޝަންތަކަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށާއި އިތުރަށް އަދި ދެ ލައްކަ ރުފިޔާ ބޭނުންވާތީވެ، މިކަމުގައި އާންމުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަން މައުސޫމް ފާހަގަކުރި އެވެ.
އޭނާ އިތުރަށް ބުނިގޮތުގައި އާސަންދަ އެންސްޕާ އަދި ޒަކާތް ފަންޑުންވެސް މަފާޒް އަށް އެއްވެސް އެހީއެއް ލިބިފައި ނުވާ ކަމަށާއި ބޭސްކުރަންދާ ހޮސްޕިޓަލް އާސަންދައިން ކަވަރު ނުކުރާ އިރު ލޮލުގެ އޮޕަރޭޝަންތަކަކީ އާސަންދަ ކަވާރު ކުރާ ބައެއް ނޫން ނޫން ކަމަށެވެ.
މަފާޒް ގެ އާއިލާއިން އެދެމުން ދަނީ ވީހާވެސް ގިނަ ފަރާތްތަކުން މަފާޒްގެ ލޮލުގެ ފެނުން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ އާއިލާއިން ބުނެ އެވެ.
މަފާޒަށް އެހީ ތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ:
ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ:7712216293101 (މައުސޫމް ހަސަން)
ބީއެމްއެލް ޑޮލަރ އެކައުންޓް ނަންބަރ: 7730000435922 (މައޫސޫމް ހަސަން)
އިތުރު މައުލޫމާތު ހޯދުމަަށް:7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)