ads
އައިޖީއެމްއެޗުގެ އައިނު ފިހާރަ
އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން 2000 އައިނު ހިލޭ ހައްދައިދީފި
އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާފައިވާ އައިނު ފިހާރަތަކުން މިހާތަނަށް 2000 އައިނު ހިލޭ ހައްދައިދީފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.
Advertisement

މި ހިދުމަތް ފެށުނުތާ ދޮޅުމަސްވެސް ނުވަނީސް 3200 އަށްވުރެ ގިނަ މީހުން ވަނީ މި ފިހާރަތަކުން ހިދުމަތް ހޯދާފައެވެ.

ރައްޔިތުން އައިނު ހައްދަން ކުރާ ބޮޑު ޚަރަދުތަކަށް ލުޔެއް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިމެވުމަކާ އެއްގޮތަށް، ސަރުކާރުގެ ސިއްޙީ ހިދުމަތުގެ ތެރެއިން މި އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ދެމުންގެންދާ މި ހިދުމަތަކީ އެތައް ބަޔަކަށް ފަސޭހަވެފައިވާ ކަމެކެވެ.

އައިޖީއެމްއެޗްގައި މި ހިދުމަތް ރަސްމީކޮށް ފެށިފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުންނަށް އައިނު ހިލޭ ހައްދައިދެވިފައިވުމަކީ، މި ޚިދުމަތަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ހާމަވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް