ads
ބީއެމްއެލްއާއި މޯޕާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ޕްލާސްޓިކް ރީސައިކަލްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ބީއެމްއެލް އާއި މޯޕާ ގުޅިއްޖެ
ރާއްޖޭގެ ޕްލާސްޓިކް ރީސައިކަލްކުރުމުގެ ގާބިލުކަން އިތުރުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޕްލާސްޓިކް މެނޭޖްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއެކު ސްޓްރެޓިޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުން ކުރިއަށްގެންދަނީ ބީއެމްއެލްގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުންނެވެ. މީގެ މަގުސަދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމުކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމުކުރެވޭނެއެވެ. މި އާ ފެސިލިޓީގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރުތައް ބޭނުންކޮށްގެން ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކުރެވޭނެއެވެ. އޭގެ ފަހުން މި ގްރެނިއުލްސްތައް އިންޑިއާ އަދި މެލޭޝިއާގައި ހުންނަ ރީސައިކްލިން ފެސިލިޓީތަކަށް އެކްސްޕޯޓްކުރެވޭނެއެވެ. މިއީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މޯޕާއާ ގުޅިގެން މި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ އުފަލެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަގުބަލެއް ގާއިމުކުރެވޭނެ ކަމަށެވެ. މޯޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވީ، މި އެއްބަސްވުމަކީ ގައުމީ ފެންވަރެއްގައި ހިންގާ ރީސައިކްލިންގ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ވަކި އަދަދެއް ތިމާވެށި ރައްކާތެރިކުރުމަށް ހޭދަކުރާ ޕްރޮގްރާމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް