
އެ މިނިސްޓްރީން ގެޒެޓްކުރި އިއުލާނުގައިވާ ގޮތުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން، ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްގީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމުގެ މަގްސަދުގައި "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ 2 ވަނަ އަސާސީ ކޯހެއް ކުރިޔަށް ގެންދަން ނިންމާފައި ވާ ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން މެރިކަލްޗާ ކޯސް 18 އޮކްޓޯބަރު 2025 އިން 30 އޮކްޓޯބަރު 2025 އަށް، 14 ދުވަހުގެ މުއްދަތަށް ކުރިޔަށް ދާނެ ކަމަށެވެ.
މި ކޯސް ކުރިޔަށް ދާނީ ކ. މަނިޔަފުށީގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 15 ފަރާތަކަށް ވަނީ ހުޅުވާލެވިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައި އެވެ.
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އިއުލާނުގައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުއްމަށް އެ މިނިސްޓްރީން ވަނީ އެދިފައި އެވެ.
ފޯމް މެއިލް ކުރާނަމަ އެ އިދާރާގެ މެއިލް އަށް ހުށަހަޅަން ވަނީ އެ މިނިސްޓްރީން އެދެ އެވެ.
ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް އެ އިދާރާއިން ބުނެ އެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައި ކަމަށާއި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު އެ އިދާރާއިން ހަމަ ޖައްސައިދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.