ads
ގއ. ކޮނޑޭގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުން
ގއ. ކަނޑުހުޅުދޫ އަދި ކޮނޑޭގައި ވެސް ބީއެމްއެމް އޭޓީއެެމްގެ ހިދުމަތް ފަށައިފި
ގއ. ކަނޑުހުޅުދޫ އަދި ގއ. ކޮނޑޭގައި މިއަދު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
Advertisement

މި ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ހިދުމަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކުގެ އެހެން އިސްވެރިންނާއި ކޮނޑޭ އަދި ކަނޑުހުޅުދޫ ކައުންސިލުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގައުމީ ބޭންކުން ބުނީ މި ދެރަށުގެ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާތަނަށް 9 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަނީ އޭޓީއެމްގެ ހިދުމަތް ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް